އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ.ނީޓް އިސްމާޢީލް ހަބީބް ޢަބްދުއްރަޙީމްގެ ނަންފުޅު ފާސްކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ހ.ނީޓް އިސްމާޢީލް ހަބީބް ޢަބްދުއްރަޙީމްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިނަންފުޅު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.

11 ޖުމާދަލްއޫލާ 1435

12 މާރިޗު 2014