ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 9 މާޗް 2014 ގައި އިލެކްޝަންގެ މައްޗަށް އިއްވެވި ހުކުމާ ގުޅޭގޮތުން، މަޝްވަރާ ކުރައްވައިފި

މިރޭ ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 9 މާޗް 2014 ގައި އިލެކްޝަންގެ މައްޗަށް އިއްވެވި ޚުކުމާ ގުޅޭގޮތުން، ކޮމިޓީގެ 3 މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

އަދި މިބައްދަލުވުމުގައި، މިމައްސަލާއާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ ނައިބު މުޤައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ.