އީ.ޔޫ. އިލެކްޝަން އޮބްޒަރވަރ މިޝަންގެ ޗީފް އިލެކްޝަން އޮބްޒަރވަރ، މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR6297

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް، އީ.ޔޫ. އިލެކްޝަން އޮބްޒަރވަރ މިޝަންގެ ޗީފް އިލެކްޝަން އޮބްޒަރވަރ އެޑުއަރޑް ކޫކަން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމަށްޓަކައި ރާއްޖެއަށް ވަޑައިގެން މިސްޓަރ އެޑުއަރޑް ކޫކަން އާ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމްތައް އަމާން، އޮމާންކޮށް ގެންދިޔުމާއި އަދި އިންތިޚާބުގެ ކަންތައް މޮނިޓަރ ކުރެއްވުމުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ދައުރާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.