17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތުގެ ބެލުމުގެ ދަށުގައިވާތީ މަޖިލީހަށް ހާޒިރުނުވެވޭ ފުރަތަމަ ދުވަސް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

_CHR4978-Edit  17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތުގެ ބެލުމުގެ ދަށުގައިވާތީ މަޖިލީހަށް ހާޒިރުނުވެވޭ ފުރަތަމަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެއްޓެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީީއަށް މިއަހަރު ކުރީކޮޅުގައި ބަޔަކު ދީފައިވާ ނުރައްކާތެރި ހަމަލާ ކުށްވެރިކުރައްވާ، އެމަނިކުފާނު ޝިފާ ލިބިވަޑައިގެން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން އިންނެވިކަން ފާހަގަ ކުރައްވާފައިވެއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްދުކޮށް ތަފާތު އެކިއެކި ގޯނާ ކުރެވެމުންދާކަމަށެވެ. އަދި ޤާނޫނީ ގޮތުން މެންބަރުން އަދާކުރައްވަމުން ގެންދަވާ މަސައްކަތައް ހުރަސްއެޅޭފަދަ ކަންތައްތައް ހުއްޓާލުމަށް ހުރިހާ ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން 63 މެންބަރުން ބައިވެރިވެވަޑައިގަންނަވާފައެވެ.

02 ޖުމާދަލްއޫލާ 2014