އ.ދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ޑިރެކްޓަރ ފޮރ އޭޝިޔާ އެންޑް ދަ ޕެސިފިކް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR3903

އ.ދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ޑިރެކްޓަރ ފޮރ އޭޝިޔާ އެންޑް ދަ ޕެސިފިކް، މަރީ ޔަމަޝިދާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވުނު މި ބައްދަލުވުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން އ.ދ. އިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

24 ފެބްރުއަރީ 2014