ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ކުރިއަށްއޮތް މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާފައިކަން ރަސްމީގޮތުން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގެވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތިން އެކޮމިޝަންގެ މެންބަރު ކަމުން އެމަނިކުފާނު ވަކިވެއްޖެ ކަމަށް އެކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާފައިކަން ރަސްމީގޮތުން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގެވުމާ ގުޅިގެން، ޤާނޫނުއަސާސީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުން އެމަނިކުފާނު ވަކިވެއްޖެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިއަދު އަންގަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ގައި ބަޔާންކުރަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ މެންބަރަކު، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތިލައިފިނަމަ، އެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެކަމަށް ބެލެވޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، 22 އޮކްޓޯބަރ 2013 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

            20 ފެބްރުއަރީ 2014