ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަދި އޭޝިއާ އާއި ޕެސިފިކް ސަރަހައްދީ ބިޔުރޯގެ ޑިރެކްޓަރ ، ހައޯލިއަންގ ޒޫ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR3812 ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަދި އޭޝިއާ އާއި ޕެސިފިކް ސަރަހައްދީ ބިޔުރޯގެ ޑިރެކްޓަރ، ހައޯލިއަންގ ޒޫ، މިމަހުގެ 13 އިން 14 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ހައޯލިއަންގ ޒޫ އަރިހުގައި ޑޭވިޑް މެކްލަކްލަން ކާ، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ/ އަޒޫސާ ކުބޯޓާ ، ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް/ އަދި އައިޝަތު ރިޒްނާ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވް، ގަވަރނަންސް ބައިވެރިވެވަޑައިގެންނެވިއެވެ.