ޔޫ.އެން.ޑީ.ޕީގެ ބެންކޮކްގައި ހުންނަވާ ރީޖަނަލް އެޑްވައިޒަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR3750 ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބެންކޮކްގައި ހުންނަވާ ރީޖަނަލް އެޑްވައިޒަރ އަނާ ޕެޓްރިކް ގްރޭސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުއާ މިއަދު މަޖިލިސް ކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވިއެވެ. އަދި  ޤާނޫނުތަކާއި ޤަވައިދުތައް ހެދި، އެމަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި މެދު ދެބޭފުޅުން  މަޝްވަރާކުރެއްވިއެވެ.

12 ފެބްރުއަރީ 2014