ސާކް ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ފުރިހަމަކަމާއެކު ކުރިއަށް ގެންދެވިކަމަށްޓަކައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވައިފި

_CHR1192 ރާއްޖޭގައި ބޭއްވުނު އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން  ފުރިހަމަކަމާއެކު ކުރިއަށް ގެންދެވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ޝުކުރު އަދާކުރައްވައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ސާދިގް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި 2013 ޑިސެމްބަރު 21 އިން 24 އަށް ރާއްޖޭގައި ބޭއްވިފައިވަނީ ވަރަށް ކާމިޔާބު ކޮންފަރެންސެއްކަމަށާއި ކޮންފަރެންސްގެ ސަބަބުން ސާކް ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ގުޅުން ވަރުގަދަވެގެން ދިޔަކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން މިއީ ޤާނޫނު ހަދާ މަޖިލީސްތައް ހަރުދަނާކުރުމަށް ލިބުނު ދަސްކުރަނިވި ތަޖުރިބާއެއްކަމަށާއި ކާމިޔާބުގޮތެއްގައި ބައްދަލުވުން ބޭއްވުމުގެ ހުރިހާ ޝުކުރެއް ހައްޤުވަނީ ސްޕީކާސް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސަށްކަމަށް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.