ސާކް ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ދިޔަލެއް ފުރިހަމަކަން ފާހަގަކުރައްވައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވައިފި

DSC_9197 2013  ވަނަ އަހަރުގެ ޑިސެމްބަރ، 21 ން 23 ށް ރާއްޖޭގައި ކުރިއަށް ދިޔަ  އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ދިޔަލެއް ފުރިހަމަކަން ފާހަގަކުރައްވައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މެއިރާ ކުމާރު ޝުކުރު އަދާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ ސިޓީފުޅުގައި މެއިރާ ކުމާރު ވަނީ މިސަރަހައްދުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކުރުމުގެ އިތުރު ފުރުޞަތުތަކެއް ހުޅުވާލުމަށް މަޖިލީހުގެ ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ސާކްގެ ޤައުމުތަކުން މިކަން ބަލައިގެންފައިވާކަމަށް ފާހަގަކުރައްވާފައެވެ.