ލެޖިސްލޭޓިވް ފެލޯސް ޕްރޮގްރާމްގެ ޓީމްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

_CHR0675 “ލެޖިސްލޭޓިވް ފެލޯސް ޕްރޮގްރާމް (އެލް.އެފް.ޕީ) ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ އައުޓްބައުންޑް ޕްރޮގްރާމްސް” ގެ ފަރާތުން ރާއްޖެވަޑައިގެން އުޅުއްވާ ޓީމުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދު މަޖިލިސްކުރާގޭގައި ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ޕްރޮގްރާމްގެ ފަރާތުން މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވީ ޝެނަން ބެރެޓްއާއި ސޫޒަން މިއުޝްކޭއާއި އަދި ރޭންޑަލް މޭޔާރ އެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްވަނީ ރާއްޖޭގެ ޤާނޫނުހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ބެހޭގޮތުން މަޢުލޫމާތު ދެއްވައި ވޭތުވެދިޔަ ފަސްއަހަރުގައި މަޖިލީހުގައި ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.