މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެމަތިން އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނާ ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ކަނޑައަޅުއްވައިފި

ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ގައިވާ ގޮތުގެމަތިން އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނާ ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މިއަދު ކަނޑައަޅުއްވައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި މި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 37 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 33 މެންބަރުންނެވެ.

މި ނަން ފާސްކުރެއްވުމާގުޅިގެން، އިތުރު ހުށަހެޅުމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

30 ޑިސެމްބަރު 2013