ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓުގެ ތެރެއިން 704 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާކޮށްދެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ފާހެއްނުވި

ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓުގެ ތެރެއިން 704 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ޢިމާރާތްކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާކޮށްދެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާހެއްނުވިއެވެ.

25 ޑިސެމްބަރު 2013 ގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓުގެ ތެރެއިން 704 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ޢިމާރާތްކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދެއްވުމަށެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

29 ޑިސެމްބަރު 2013