ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެބިލު ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާހެއްނުވި

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެބިލު ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާހެއްނުވިއެވެ.

މިގޮތަށް މަޖިލީހުން ނިންމެވުމާގުޅިގެން ބިލު އިތުރަށް ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާގެ (މ)ގެ ދަށުން ކޮމިޓީއަށްވަނީ އަލުން ފޮނުވިފައެވެ. މިގޮތަށް ފާސްކުރައްވަން ވޯޓް ދެއްވީ 61 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

29 ޑިސެމްބަރު 2013