މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް 4 އިސްލާޙަކާއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް 4 އިޞްލާޙާއިއެކު ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިބިލު އިސްލާޙުތަކާއެކު ފާސްކުރައްވާފައިވަނީ 67 މެންބަރުންގެ އިއްތިފާޤުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު، 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މިބިލު އިސްލާޙުތަކާއެކު ފާސްކުރެއްވުމާގުޅިގެން މިބިލުގެ ސުރުޚީއަކީ މިހާރު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބިލެވެ.

29 ޑިސެމްބަރު 2013