ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ކޮމިޓީގެ މިއަދު (23 ޑިސެމްބަރ 2013) ބޭއްވުނު 56 ވަނަ ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކަށް ޢައްޔަނުކުރެއްވުމަށްޓަކައި ކޮމިޓީއަށް ނަން ހުށަހަޅުއްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތާއި މެދު މަޝްވަރާކުރެއްވިއެވެ.
އަދި މިގޮތުން މަޝްވަރާކުރެއްވުމަށްފަހު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާ ހެންވޭރު ދެކުނުު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ތާއީދުކުރައްވައިގެން ކޮމިޓީން ފާސްކުރެއްވީ، މިދުވަސްވަރަކީ މަޖިލީހުގައި ދައުލަތުގެ ބަޖެޓު ދިރާސާކުރަމުން އަންނަ ދުވަސް ވަރު ކަމަށްވުމާ އެެކު، ކޮމިޓީއަށް ހުށަހެޅިފައިވާ ނަންފުޅުތައް އިތުރަށް ދިރާސާކުރެއްވުމަށް ފަހު 30 ޑިސެމްބަރ ވާ ހޯމަ ދުވަހު ކޮޓީން އެބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.