2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭނުންވާ 29,400,000 މިލިއަން ޔޫ.އެސް. ޑޮލަރު ލޯނު ނެންގެވުމަށް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ލޯނު ނެންގެވުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެލައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ 50 މެންބަރުން އިއްތިފާޤުންނެވެ. އަދި 4 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.
16 ޑިސެމްބަރު 2013