ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ތަޢުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ ރައީސް ސޮއެކުރައްވައިފި

_CHR7237

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހަނދާނުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ސޮއެކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ ރައީސް ލިޔުއްވާފައިވަނީ، މަންޑޭލާއަކީ މި ޒަމާނުގެ އެންމެ ޤަދަރުވެރި ޝަޙްސިއްޔަތު ކަމަށެވެ. އަދި އެ މަނިކުފާނު މިނިވަންކަމަށާއި، ހަމަހަމަކަން އަދި އިންސާނީ ހައްޤުތަކަށް ކުރައްވާފައިވާ މަސައްކަތްތައް ދެމެހެއްޓުމަށް ހުރިހާ ފަރާތަކުން މަސައްކަތް ކުރުން މުހިންމު ކަމަށް ލިޔުއްވާފައިވެއެވެ.