ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ، ފަށާ ތަޢުލީމުގެ މަރުޙަލާގައްޔާއި، ސާނަވީ ތަޢުލީމުގެ މަރުހަލާގައި، ކީރިތި ޤުރުއާން އެއީ، މަޖުބޫރު މާއްދާއެއްކަމަށް، ޤައުމީ މަންހަޖުގައި ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ، ފަށާ ތަޢުލީމުގެ މަރުޙަލާގައްޔާއި، ސާނަވީ ތަޢުލީމުގެ މަރުހަލާގައި، ކީރިތި ޤުރުއާން އެއީ، މަޖުބޫރު މާއްދާއެއްކަމަށް، ޤައުމީ މަންހަޖުގައި ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ 47 މެންބަރުންގެ އިއްތިފާޤުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

3 ޑިސެމްބަރު 2013