އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަނުކުރެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް، މަޖިލީހުގައި އިޢުލާންކުރައްވައި މިމައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ކޮމިޓީއަށް ފޮނުއްވައިފި

jalsaއިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި މެންބަރަކު ޢައްޔަނުކުރެވުމަށްޓަކައި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރައްވައި މިމައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް މިއަދު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 3 ނަންފުޅަކީ ގ.ފިނިވިލު އަލްފާޟިލް މުޙައްމަދު ތޮލާލް، ހ.ނީޓް އަލްފާޟިލް އިސްމާއިލް ހަބީބު ޢަބްދުއްރަހީމް އަދި ހ.ޚަބަރުގެ އަލްފާޟިލް މުޙައްމަދު ރިޝްވާން އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 ނޮވެންބަރު 2013 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

20 ނޮވެންބަރު 2013