ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ 17 ނޮވެންބަރު 2013 ވާ އާދީއްތަ ދުވަހު ބޭއްވެވުމަށް ގަސްދުކުރައްވާކަން މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ 17 ނޮވެންބަރު 2013 ވާ އާދީއްތަ ދުވަހު ބޭއްވެވުމަށް ގަސްދުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީގައި މި ޖަލްސާ ބާއްވަވަނީ 16 ނޮވެމްބަރު 2013 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ޤާނޫނުއަސާސީގައިވާގޮތުގެމަތިން ހުވައި ކުރެއްވުމަށްޓަކައި ކަމުގައިވަނީ ވިދާޅުވެފައެވެ. އަދި ޖަލްސާ އޮންނާނެ ގަޑިއަކާއި ޖަލްސާއާބެހޭ އިތުރު ތަފްޞީލް ފަހުން ދަންނަވާނެކަމުގައިވެސް މަޖިލީހުގެ ރައީސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

16 ނޮވެންބަރު 2013