އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލާއި، ކޮމަންވެލްތުގެ ޚާއްޞަ މަންދޫބު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި

އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑެޒް ޓްރެންކޯ އާއި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިޖޮއިންޓް ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ގޮތުން އެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

7 ނޮވެމްބަރ 2013