އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މރ. ޖޯން ރަންކިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މިބައްދަލުކުރެއްވުމުގައި ބްރިޓިޝް ހައިކޮމިޝަންގެ މޯލްޑިވްސް ޕޮލިޓިކަލް އޮފިސަރ އަލްފާޟިލާ ފެޒްލީން ސަލީމް އާއި އެކްޓިންގް ފަސްޓް ސެކްރެޓަރީ މިސް މާރލް މާލިން ބައިވެރިވެވަޑައިގެންފައިވެއެވެ.

7 ނޮވެމްބަރ 2013