މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ލައިވް ކުރަމުން ގެންދެވި އެމް.ބީ.ސީގެ އޯޑިޔޯ ކޭބަލްއަށް ގެއްލުންދީފި

މިއަދު، 4 ނޮވެމްބަރ 2013 ވީ ހޯމަދުވަހުގެ 14:00 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 52 ވަނަ ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު، އެކޮމިޓީގެ ބައްދަލުވުން ލައިވް ކުރަމުން ގެންދެވި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ އޯޑިޔޯ ކޭބަލްއަށް ގެއްލުންދީފިއެވެ.

މިކަން ހިގައި ދިޔަގޮތެއް ބައްލަވައިދެއްވުމަށް އެދި މިހާރު ވަނީ އެމް.އެން.ޑީއެފް އަށް ދަންނަވާފައެވެ.