ސަރޖަންޓް-އެޓް-އާމްސްގެ ޢަޙްދުގެ ލިއުން މަޖިލީހުގެ ރައީސްއާ ޙަވާލު ކުރައްވައިފި

 ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރަންޖެހޭ މަޖިލީހުގެ އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަރޖަންޓް-އެޓް-އާމްސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ. މިލިއަން / މުޙަންމަދު ޙަލީމް މަޖިލީހުގެ ގަވައިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޢަޙްދުގެ ލިއުމުގައި މަޖިލީހުގެ ރައީސްގެ ޙާޟިރުގައި ސޮއިކުރައްވައި އެލިއުން މަޖިލީހުގެ ރައީސްއާ މިއަދު ހަވާލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވުނު މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސަރޖަންޓް-އެޓް-އާމްސްއަށް މަރުޙަބާ ވިދާޅުވެ ސަރޖަންޓް-އެޓް-އާމްސްގެ މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މ. މިލިއަން / މުޙަންމަދު ޙަލީމް ރައްޔިތުންގެ މަޖިލީހުގެ ސަރޖަންޓް-އެޓް-އާމްސްގެ މަޤާމަށް މަޖިލީހުން ޢައްޔަންކުރެއްވީ 30 އޮކްޓޯބަރ 2013 ވީ ބުދަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.