ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މަސައްކަތުގެ ޚުލާޞާ (8 އޮކްޓޯބަރ 2013)

8 އޮކްޓޯބަރ 2013 ގައި ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ތިރީގައި އެވާ ކަންކަމާ ގުޅޭ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމް، ފަސްޓް ލެފްޓިނެންޓް އަލްފާޟިލް އިބްރާހިމް ނަޞީރު އަދި މޭޖަރ އަލްފާޟިލް އަހްމަދު ފައިސަލްއާ ބައްދަލުކުރެއްވިއެވެ.

  1. ރާއްޖެ ޓީވީއަށް ޙަމަލާދީ އެތަނުގައި ހުޅުޖަހާފައިވާ މައްސަލައާ ގުޅިގެން ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ސެކިއުރިޓީ ހަމަޖައްސާދިނުމާއި؛
  2. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުމާއި އިންޒާރު ދެމުންގެންދާ މައްސަލަތަކާ ގުޅިގެން އެބޭފުޅުންނަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީގެ ކަންކަން ވަރުގަދަކުރުމާ ގުޅޭގޮތުންނާއި؛
  3. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާގޮތް؛

މިއަދުގެ ބައްދަލުވުމުގެ ހާޒިރީ:

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު.

 

އިބްރާހިމް މުޙައްމަދު ޞާލިޙް

ކޮމިޓީގެ މުޤައްރިރު

 

————————

08 އޮކްޓޯބަރ 2013