އައި.ޕީ.ޔޫ.ގެ 129 ވަނަ އެސެމްބްލީގައި މަޖިލީހުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންފި

މި އޮކްޓޯބަރމަހުގެ 7 ން 9 ށް، ސްވިޒަލޭންޑްގެ ވެރިރަށް ޖެނީވާގައި ބޭއްވޭ ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ، އިންޓަރ-ޕާލަމެންޓްރީ ޔޫނިއަންގެ، (އައި.ޕީ.ޔޫ) 129 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ 129 ވަނަ އެސެމްބްލީގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ އިންސާނީ ހައްޤުތަކާ ސުލްހަ ޤާއިމްކުރުމާއި ބެހޭ ގޮތުންނެވެ. މި ބައްދަލުވުމަށް، 129 ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިސް ތަކުގެ މެންބަރުންނާއެކު، ގާތްގަނޑަކަށް 1200 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މިބައްދަލުވުމުގެ ތެރޭގައި ކުރިއަށްދާ “ކޯޑިނޭޓިންގ ކޮމިޓީ އޮފް ވިމެން ޕާލިމަންޓޭރިއަންސް” ގައި ބައިވެރިވެވަޑަގެންނެވުމަށްވަނީ ހަމަޖެހިފައިވެއެވެ.

 2012 ވަނަ އަހަރުގެ މާޗް 31 ން އޭޕްރީލް 5 ށް، ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ބޭއްވުނު އިންޓަރ-ޕާލިމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 126 ވަނަ ޖަލްސާގައި، ކޮމިޓީގެ މަޤާމުތަކަށް އަންހެން ޕާރލިމަންޓަރީ މެމްބަރުން ހޮވުމުގައި ވާދަކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަނީ ކޮމިޓީއަށް އިއްތިފާގުން ހޮވިވަޑައިގެންފައެވެ.