2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 30 އޮކްޓޯބަރ 2013 ވާ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާގޮތަށް މަޖިލީހުގެ ރައީސް ނިންމަވައިފި

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ތާރީޚަކީ 30 އޮކްޓޯބަރ 2013 ވާ ބުދަ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މިއަދު އަންގަވައިފިއެވެ.

ޤާނޫނު ނަންބަރު 2012/8 (ޤާނޫނު ނަންބަރު 2006/3 ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ދެވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓް، މިނިސްޓަރ ތައްޔާރުކޮށް، ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައެވެ.

2 އޮކްޓޯބަރ 2013