ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، 3 އޮކްޓޯބަރ 2013 ވާ ބުރާސްފަތި ދުވަހު މަޖިލީހުގެ ގޭގައި އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، 3 އޮކްޓޯބަރ 2013 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި   މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އާއި މަޖިލީހަށް ތަޢާރަފުކުރަންޖެހޭ 2 ބިލެއްގެ ސުރުޚީ މަޖިލީހަށް އިއްވުން ހިމެނެއެވެެ.

އަދި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުން އެޖެންޑާކުރެވިފައިވެއެވެ.