ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލުން

މިއަދު، 22 ސެޕްޓެމްބަރ 2013 ވީ އާދިއްތަ ދުވަހު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިވަގުތަށް މެދުކަނޑާލާފައިވަނީ، މަޖިލީހުގެ ޖަލްސާ 9:48 ގައި މެދުކަނޑާލާފައިވަނިކޮށް، މަޖިލީހުގެ ރިޔާސަތުގެ މައިކްގެ ކޭބަލައަށް ގެއްލުންލިބިފައިވާތީއެވެ. އެކަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ. އަދި، އެ މައްސަލަ ޙައްލުކުރެވުނުހާ އަވަހަކަށް، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.