މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ ސަބް-ކޮމިޓީ 4 ގެ މި ދައުރުގެ 1 ވަނަ ބައްދަލުވުން ބާއްވަވައިފި

1 (6)

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީ 4 ގެ މި ދައުރުގެ އެއްވަނަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޓީއިން ދިރާސާ ކުރައްވަމުން ގެންދެވި މައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މުޙަންމަދު ޝަހީބު އަދި އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު އާ ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރެއްވިއެވެ.

މިއަދުގެ ސަބް-ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ސަބް-ކޮމިޓީގެ މުޤައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދް އަބްދުލްޣަފޫރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދެވެ.