މާދަމާއަށް އެޖެންޑާ ކުރުމަށް ހަމަޖައްސަވާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަނު ކުރުމުގެ މައްސަލަ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެދުމުގެ މަތިން އެހެން ތާރީޚަކަށް ފަސްކުރައްވައިފި

މާދަމާއަށް އެޖެންޑާ ކުރުމަށް ހަމަޖައްސަވާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމުގެ މައްސަލަ އެހެން ތާރީޚަކަށް ފަސްކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން އެ މައްސަލަ ފަސްކޮށްދިނުން އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ހުށަހެޅުއްވުމުންނެވެ.

ޖޭ.އެސް.ސީއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޢައްޔަނުކުރުމުގެ މައްސަލައިގާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށް އިތުރު ފުރުސަތެއް ދެއްވުން އެދިވަޑައިގަންނަވާ ކަމުގައި ޕާޓީތަކުން ވަނީ ހުށަހަޅުއްވާފައެވެ.

28 އޯގަސްޓް 2013