”ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު” ގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

13 augޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ”ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު” ގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް، ކޮމިޓީން ނިންމެވިގޮތަށް މިއަދު ފާސްކުރައްވައިފިއެވެ.

    މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 49 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ 12 ކޮމިޓީއެއް މެންބަރުން ހަމަޖައްސަން އެއްބަސްވެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސޮއިކުރައްވައި ފޮނުއްވާފައިވާ ގޮތާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މެންބަރުން ހަމަޖެއްސެވިގޮތް 53 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ. 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 އޯގަސްޓް 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

13 އޮގަސްޓް 2013