މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލާއި ބެހޭ ތަޖްރިބާކާރު ބޭފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

CHR_3260

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލާއި ބެހޭ ތަޖްރިބާކާރު ބޭފުޅެއްކަމަށްވާ ކެވިން އެމް. ގޯލްޑްބަރގް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލިސްގެ ރައީސް ގެ ވާހަކަފުޅުގައި، ރާއްޖޭގައި ސަރުކާރާއި މުއައްސަސާތަކުން މައުލޫމާތު ހިއްސާކުރުމުގައި ހާމަކަމުގެ ސަގާފަތައް އަށަގެންނެވުމުގެ މުހިއްމުކަން ފާހަގަކުރައްވައި، މަޢްލޫމާތު ހޯދުމާއި މަޢްލޫމާތު ލިބިގަތުމުގެ ހައްޤަށް އާއްމުން ހޭލުންތެރިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ގޯލްޑްބަރގްގެ ވާހަކަފުޅުގައި މިބިލުގެ މުހިންމުކަން ފާހަގަކުރައްވައި، މިބިލު އިތުރަށް ހަރުދަނާ ކުރެއްވުމައްޓަކައި ކުރެއްވިދާނެ ކަންކަމުގެ މައުލޫމާތު މަޖިލިސްގެ ރައިސާ ޚިއްސާކުރެއްވިއެވެ.

13 އޮގަސްޓް 2013