އީ.ޔޫގެ އެމްބަސީގެ ޝާޜޭ ޑެފެއާ އާއި ޑެޕިއުޓީ ހެޑް އޮފް މިޝަން އޮފް ނެދަރލެންޑްސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

DSC_0439

އީ.ޔޫގެ އެމްބަސީގެ ޝާޜޭ ޑެފެއާ ޓެހްރީ ލެހްޓިނެން އާ ޑެޕިއުޓީ ހެޑް އޮފް މިޝަން އޮފް ނެދަރލެންޑްސް ލިއޭން ހުބެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ބެހޭގޮތުން، ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.