ޤައުމީ ސަލާމަތު ކޮމިޓީއާ، މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ބަދަލުކުރައްވައިފިކަން ރިޔާސަތުން ޢިއުލާންކުރައްވައިފި

ޤައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްގެ ބަދަލުގައި އެ ކޮމިޓީއަށް މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހަމަޖައްސަވައިދެއްވުމަށް އެދި ޑީ.އާރް.ޕީ ޕާލިމަންޓްރީ ގްރޫޕްއިން ސިޓީ ފޮނުއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ގެ 29 ވަނަ މާއްދާގެ 2 (ނ) ގައިވާ ގޮތުގެމަތިން، އެކަން ރިޔާސަތުން  އިޢުލާންކުރަށްވައިފިއެވެ.

އަދި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފްގެ ބަދަލުގައި އެ ކޮމިޓީއަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު ހަމަޖައްސަވައިދެއްވުމަށް އެދި ޕީ.ޕީ.އެމްގެ ޕާލިމަންޓްރީ ގްރޫޕްއިން ސިޓީ ފޮނުއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 2  ގެ (ނ) ގައިވާ ގޮތުގެމަތިން، އެކަން ރިޔާސަތުން އިޢުލާންކުރަށްވައިފިއެވެ.