1434 ވަނަ އަހަރުގެ ރަމަޟާން މަހުގެ މަޖިލީހުގެ ޖަލްސާގެ ގަޑިތައް ކަނޑައަޅައިފި

DSC_0560

 

މިއަދު ހެނދުނު ބޭއްވުނު އާންމު ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި، މިއަހަރުގެ ރަމަޟާން މަހުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ ގަޑިއަކީ ހެނދުނު 10:30 އިން މެންދުރުފަހު 14:00 ކަމަށާއި، ހުސްވަގުތުކޮޅު ދެއްވާ ގަޑިއަކީ މެންދުރު 12:00 އިން މެންދުރުފަހު 13:00 ކަމަށް، ހާޒިރުވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމަވައިފިއެވެ.

ފާއިތުވެ ދިޔަ ރަމަޟާން މަހުގައިވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ މިވަގުތުތަކުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙްސިން ޙަމީދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ.