މާލިއްޔަތު ކޮމިޓީގެ 34 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 34 ވަނަ ބައްދަލުވުމުގައި، ސައޫދީ ފަންޑުގެ އެހީގައި ގ.އ އަތޮޅުގެ ތިން ރަށެއްގައި ހިންގަމުންދާ “ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް އޮފް ގ.އ އެޓޯލް” މަޝްރޫޢު އާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން، އެމް.ޓީ.ސީ.ސީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ނައިބު މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އުލްޔާސް ލަބީބެވެ.