މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓްއާ މެދު މަޝްވަރާ ކުރައްވައިފި

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓްއާ މެދު މަޝްވަރާ ކުރައްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ މިރިޕޯޓްގައި ކޮރަޕްޝަންއަށް ތުހުމަތުކުރެވޭ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވުމަށާއި އަދި ދަޢުވާކުރަންޖެހޭ ކަމެއް ވާނަމަ ކަމާގުޅޭ އިދާރާތަކަށް ފޮނުއްވުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، އެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތަ ތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު އޮޅުން ފިލުވުމަށް އޮޑިޓަރ ޖެނެރަލް އަށް ދެންނެވުމަށްވެސް ނިންމެވިއެވެ.

 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.