17 ވަނަ ސާކް ސަމިޓުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއަށް ފޮނުވުން ފަސްކުރެވުނު ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން އަންގަވައިފި

2011  ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓަށް ކުރެވިފައިވާ ޚަރަދުތަކުގެ ޚާއްޞަ އޮޑިޓެއް ކުރުމަށް މާލިއްޔަތު ކޮމިޓީގެ ފަރާތުން އޮޑިޓަރ ޖެނެރަލް އާއި ހަވާލުކުރައްވާފައިވެއެވެ. މިމަސައްކަތް ނިންމަވާ އެއޮޑިޓްގެ ރިޕޯޓް 15 ޖޫން 2013 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް 7 މެއި 2013 ގައި އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމިޓީއަށް އަންގަވާފައިވީނަމަވެސް، އެކިއެކި އޮފީސް ތަކުން ހޯދަންޖެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރަންޖެހޭތީ، އެރިޕޯޓް 30 ޖޫން 2013 ގެ ނިޔަލަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް 13 ޖޫން 2013 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް އަންގަވާފައިވެއެވެ.