ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 4 ވަނަ ޖަލްސާ މާދަމާ އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 4 ވަނަ ޖަލްސާ މާދަމާ އޮންނާނެ ކަމަށް 5 ޖޫން 2013 ވީ ބުދަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވެއްޖެއެވެ. މިގޮތަށް ރިޔާސަތުން ވިދާޅުވެފައިވަނީ، 10 ޖޫން 2013 ވީ ހޯމަދުވަހު، މަޖިލީހުގެ ޖަލްސާގެ އިބްތިދާޢީ ބަހުސަށް ގެނައުމަށް މި ވަގުތު 7 ދުވަހުގެ މުއްދަތު ހަމަވެފައިވާ ބިލެއް ނެތުމުންނާއި ކޮމިޓީގެ ރިޕޯޓެއްވެސް ނެތުމުގެ ސަބަބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 77 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެވެސް ފުރަތަމަ ކިޔުން އިއްވައި ބިލު ތަޢާރުފުކުރުމަށްފަހު، 7 ދުވަހުގެ ނޯޓިސްދިނުމަށްފަހު، އެ ބިލުގެ އިބްތިދާއީ ބަހުސެއް މަޖިލީހުގެ ރައީސް ބާއްވަންވާނެކަމަށެވެ.