އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ޖިންސީ ކުށުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދަވައިފި

DSC_0902މިއަދު ބޭއްވުނު އިޖުތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި، ޖިންސީ ކުށުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދެވިއެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި، ބިލުގެ 48 ވަނަ މާއްދާއިން ފެށިގެން 50 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ބައްލަވައި ކުރެވުނު މަޝްވަރާގައި، އެމާއްދާތައް ބައެއް އިޞްލާހާއެކު ކޮމިޓީއިން ފުރިހަމަކުރައްވައި ނިންމެވިއެވެ.

 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުޙަންމަދު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދުއެވެ.