މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 2013 ވަނަ އަހަރު ލިބިފައިވާ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ބައްދަލުކުރައްވައިފި

DSC_0947މިއަދު ބޭއްވުނު އާންމު ކޮމިޓީގެ މިއަހަރުގެ 15 ވަނަ ބައްދަލުވުމުގައި، ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 2013 ވަނަ އަހަރު ލިބިފައިވާ ބަޖެޓާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި މިނިސްޓްރީ އޮފް ފިނޭންސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިހިނގާ އަހަރުގެ ތެރޭގައި ކުރަން ގަސްތުކޮށްފައިވާ ގިނަ ކަންކަމަށް ބަޖެޓް ލިބިފައިނުވުމާއި، މިއަހަރުގެ ބަޖެޓްގައި އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާ ބަދަލުކޮށްގެންވެސް އަހަރުގެ ނިޔަލަށް ބައެއްކަންކަމުގެ ޚަރަދުތައް ހަމަޖެއްސެއްނެތުމާއިބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާޒިމްއެވެ.