ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތުރުކީ ވިލާތުގެ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތުރުކީ ވިލާތުގެ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާ އަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ޒިޔާރަތުގައި އެމަނިކުފާނު ހުންނަވާ ހޮޓަލުގައި އޮތް މިބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ތުރުކީ ވިލާތާއި ދެޤައުމުގެ ގުޅުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ތުރުކި ވިލާތުން ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ތައް ޤާއިމުކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ތުރުކީ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

27 ޖުމާދަލްއާޚިރު 1434

07 މެއި 2013