ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝްރީ ޝިވް ޝަންކަރ މެނަން އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހާ ބެހޭ މަޢުލޫމާތު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެރުވިއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ވަރަށް ޒަމާންވީ އެކުވެރި ދެޤައުމުކަން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

27 ޖުމާދަލްއާޚިރު 1434

07 މެއި 2013