އާންމު ކޮމިޓީގެ މިއަހަރުގެ 9 ވަނަ ބައްދަލުވުމުގައި، ވޯޓު ސިއްރު ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ: 2012/SC-C/36 ޤަސިއްޔާއިން ހުކުމް ކުރެއްވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އާ ކޮމިޓީން މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޏާޒިމް ރަޝާދުއެވެ.