ހުޅުމާލެ ކޯޓަށް ފަނޑިޔާރުންގެ ބެންޗް އެކުލަވާ ލެވިފައިވާ ގޮތާއި ބެހޭގޮތުން 02 މެޖިސްޓްރޭޓުންނާއި ބައްދަލުކުރައްވައިފި

DSC_0234

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެކުލަވާލެވިފައިވާ ފަނޑިޔާރުންގެ ބެންޗް އާއި ބެހޭގޮތުން، މަޢުލޫމާތު ސާފު ކުރެއްވުމަށްޓަކައި ކ .ހުރާ ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމްއާއި ބައްދަލުކުރެއްވިއެވެ. އަދި ހުޅުމާލެ ކޯޓުގެ ސައްޙަކަމާއި ބެހޭގޮތުން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ޖުޑީޝަލް ސަރވިސަސް ކޮމިޝަންއަށް ފޮނުއްވާފައިވާ ސިޓީއާއި ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމައްޓަކައި ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް މުޙަންމަދު ސަމީރުއާއި ބައްދަލުކުރެއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ،  އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.